Thursday, May 6, 2010

އިސްލާމިކް މިނިސްޓަރު އޮރިޔާމުން؟

އައުރަ ނިވާކުރުމަކީ ހަމައެކަނި އަންހެނުންނަށް އޮންނަ ކަމެއް ބާއެވެ. ފިރިހެނުންގެވެސް އައުރައެއް ވާނަމަ، އައުރައަކީ ކޮބައިބާއެވެ. ގަޔަށް ބާރު ހެދުން ލައިގެން ތިބޭ އަންހުން އެތިބެނީ ހެދުން ލައިގެން އޮރިޔާމުން ކަމަށްވާނަމަ، ފިރިހެނުންގެ އައުރައަށްވާ ހިސާބަށް ބާރުކޮށް ސޫޓުލައިގެން އުޅޭނަމަ، އެއީ ހެދުންލައިގެން އޮރިޔާމުން ތިބުންކަމުގައި ނުވޭބާއެވެ. އޮރިޔާމުން ތިބެ، ދަރުސްތައްދީ ހެދުމަކީ ކޮންކަހަލަ ކަމެއް ބާއެވެ.

އަޅުގަނޑުގެ ހިތުގައި މިހުރިހާ ސުވާލުތަކެއް އުފެދުނީ ކަނޑުއަޑީގައި ދެއްވި "ދަރުހެއް" ފެނިފައެވެ. ދަރުހެއް ކަނޑު އަޑީގައި ދިނުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް، އިސްލާމްދީން ކުރިއަރުވައި، ކަންތައްތައް ދީނުގެ މަގުން ހިންގެވުމަށް ތިއްބެވި ބޭފުޅުންގެ އަމަލު ކަސިޔާރުވުމަކީ މައްސަލައެކެވެ.

އެ ދަރުސް ދެއްވި އިރު އިސްލާމިކް މިނިސްޓަރު ތުރުކުރައްވައިގެން އިންނެވީ ސޫޓެއްކަމަށް ވިޔަސް ނުވަތަ ސޯޓެއްކަމަށް ވިޔަސް އެމަނިކުފާނުގެ ކަކޫ ފެންނަން ހުއްޓެވެ. އަޅުގަނޑަކީ ޝޭޚެއް ނޫނެވެ. އަޅުގަނޑަށް ޝޭޚުން ބުނުއްވާތީ އިވިފައިވަނީ ފިރިހެނާގެ އައުރައަކީ ފޫޅާއި ކަކުލާ ދެމެދުކަމެވެ. އެހެންކަމުން، ކަކޫ ދައްކަވައިގެން ދަރުސް ދެއްވީމަކީ މައްސަލައެއް ނޫނީ ހެއްޔެވެ. ގައުމީ ޓީވީން އެ "ސްޓަންޓް" ދެއްކި އިރު އެއްވެސް އަންހެންބޭފުޅަކު ނުބައްލަވާނޭ ބާއެވެ. ނޫނީ އަނެއްކާ އެ މިނިސްޓަރުގެ އައުރައެއް ނެތީ ބާއެވެ.

މިއީ މައްސަލައަކަށް ނުވާނަމަ، އަދިވެސް ކޮށްލަން ރަނގަޅު ކަމެއް އެބަ އޮތެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. އެހެންކަމުން، ހުކުރުދުވަހު ހުކުރުނަމާދު އިސްލާމިކް މަރުކަޒާ ދިމާލުން ކަނޑު އަޑީގައި ބާއްވާލުން ކިހިނެއްވާނެ ބާއެވެ. ހިތުން ޚުތުބާއެއް ވިދާޅުވެ، ކަނޑުއަޑީގައި ދުއާކޮށްލެއްވުން ކިހިނެއްވާނެ ބާއެވެ. އިސްލާމިކް މިނިސްޓަރު އިންނެވިގޮތަށް ކަކޫ ދައްކަން ޖެހޭނަމަ ކަކޫ ދައްކައިގެން ވެސް ތިބެވިދާނެއެވެ. މިފަދަ ދީނީ ބޮޑު ހަފުލާއެއް ކަނޑުގެ އަޑީގައި ބާއްވާލެވިއްޖެނަމަ، ވަރަށް ވަރުގަދަ ސްޓަންޓަކަށް ވާނެއެވެ.

އަހަރެން މިހުރީ އޮރިޔާމުން

އަހަރެން މިހުރީ އޮރިޔާމުން

Friday, October 16, 2009

WE HAVE MOVED >>> http://www.siruarts.com/

wibiya widget